ބަންގަލްދޭޝްއިން ރާއްޖެއަށް އަސްކަރީ އުޅަނދު ހަދިޔާކުރަން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެކަމަނާ ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ގައުމުން މީގެ ކުރިން ވެސް ރާއްޖޭގެ އަސްކަރިޔާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ބަންގްލަދޭޝްއިން ހަދިޔާކުރާ މި އަސްކަރީ އުޅަނދުތަކަކީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އުޅަނދުތަކެއް ކަމަށް އެ ގައުމުން ބުންޏެވެ.
އޭގެ އިތުރުން ހަސީނާގެ މިދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގެ ތެރެއިން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވެވޭ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހަރަދަނާވެގެންދާނެ އެވެ.
ބުރަކޮށް އުޅެން ޖެހުނަސް ސިއްހަތަށް އިހުމާލު ނުވާތި!
ޖަލު ހުކުމެއް ތަންފީޒުކުރި ބޮލީވުޑްގެ ބައެއް ތަރިން!
ސްޓެލްކޯގެ އެމްޑީކަމުން ޝަމާހު ވަކިކޮށްފި
