ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވެފައިވާތީ އެކަމުން ސަލާމަތްވުމަށް ވީހާވެސް އަވަހަކަށް ބޫސްޓާ ޑޯޒް ޖަހަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކޮށްފި އެވެ.
މިއަދު ވަނީ އާންމުކޮށް ހުޅުވާލައިގެން ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ޖެހުމުގެ މަސައްކަތް ސަރުކާރުން ފަށާފަ އެވެ.
މިކަމާ ގުޅީގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ވެކްސިންގެ ބޫސްޓަރ ޑޯޒް ކަމަށެވެ. ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މިއަދު ފެށިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވަނީ ހުރިހާ ފަރާތްތަކަކުންވެސް ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒެއްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުން މިއަދުވަނީ ފަށާފަ އެވެ.
އެގޮތުން މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި http://book.hpa.gov.mv އިން އެޕޮއިންޓް ހެދޭނެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފަ އެވެ. ބޫސްޓާ ޑޯޒް މިހާތަނަށް ޖަހަމުން އައިސްފައިވަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށެވެ.
ފުރަތަމަބުނީ ވެކުސިންޖަހައިގެންނޭސަލާމަތްވާނީ ދެންބުނީ2ޑޯޒްޖަހައިގެން ނޭ ސަލާމަތްވާނީ މިހާރުއެބުނަނީ ބޫސަޓަރުޖަހައިގެންނޭ ސަލާމަތްވާން އޮތީ އަހަރެންބުނާނީ އިޒްރޭލުން މިހާރު4ވަނަޑޯޒުވަނީޖަހާފައޭ ދެންބުނާނީ 4ވަނަޑޯޒްވެސް ޖަހަންޖެހޭނެޔޭ މީރަގަޅު ވިއަފާރިއެއްބާ؟؟؟؟؟