ރާއްޖެއިން ކޮވިޑަށް މިއަދު 1500އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަަކަށް ބަލާއިރު މިއަދު މާލެ އިން 857 މީހުން ޕޮޒިޓިވްވި އެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 438 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 118 މީހުން، ސަފާރީއަކުން ދެމީހުން މިއަދު ޕޮޒިޓިވްވި އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 106،595 އަށް އަރާފަ އެވެ.

އަލަށް ކޮވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. މިވަގުތު 8،079 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 40 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަށް ބަލާފައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.