އުނގެނުމަށް އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފޮތެއް ނެރެފި އެވެ.
އުނގެނުމަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ފޮތް ނެރެދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް އަހުމަދެވެ.
މިގޮތުން މި ފޮތް ނެރުމަށް އެ މިނިސްޓްރީން ހާއްސަ ރައްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ނެރެފައިވަނީ އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން ޑރ. ފާތިމަތު ނިޝާންގެ "އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން: ބެލެނެވެރިންނަށް އެހީއެއް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޮތެވެ.
މިފޮތުގައި އުނގެނުމަށް ބައެއް ދަރިވަރުންނަށް ދިމާވާ އެކި ދަތިތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެ އެވެ. އަދި އެފަދަ ކުދިންނަށް އެހީތެރިވުމަށްޓަކައި ބެލެނިވެރިންނަށް އެނގެންޖެހޭ އެކި މައުލޫމާތުތަކާއި، އަމަލު ކުރެވިދާނެ ގޮތްތައް ވެސް ހިމަނާފައިވެ އެވެ.
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން
ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމް ގަދަ 16އަށް
