ރާއްޖެއިން އިތުރު 2،700 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،754 މީހުންނެވެ. އެއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެޗްޕީއޭން ޓެސްޓުކުރި 7،019 ސާޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ.

މިގޮތުން މީގެ ތެރޭގައި މާލެއިން ޕޮޒިޓިވްވެފައި ވަނީ 1،280 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި 962 މީހަކު ފެނިފައިވާއިރު، ރިސޯޓްތަކުން ޕޮޒިޓިވްވީ 48 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 138،880 އަށް އަރާފަ އެވެ.

މިވަގުތު 17،770 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 63 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ. އަދި 120،821 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 276 މީހަކު ވަނީ ނިޔާވެފަ އެވެ.