ސްރީލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އިފްހާމް ނަސީރުގެ މައްސަލަ ދިވެހި ފުލުހުންގެ ސަމާލުކަމަށް އައިސްފި ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައި އޮއްވާ ފެނުފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އުމުރުން 21 އަހަރުގެ އަފްހާމް ނަސީރު ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނީ އިއްޔެގެ ވަގުތެއްގަ އެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑަކީ ސީދާ އިފްހަމްގެ ހަށިގަނޑުކަން ލަންކާ ފުލުހުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް އޭނާ ގެއްލިގެން ހޯދަމުންދާކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވާކަމަށް ޢާއިލާއާއި ޙަވާލާދީ ފުލުހުން ވިދާޅު ވަނީ ހުކުރު ދުވަހު އެވެ.
އޭނާ ގެއްލިގެން އުޅެނިކޮށް ލަންކާގެ ވެއްލަވައްތެ ބީޗް ސަރަޙައްދުން ހޮނިހިރު ދުވަހު ފެނިފައިވާ 2 ހަށިގަނޑުގެ ތެރެއިން އެކަކީ ދިވެއްސެއްކަމަށް ލަންކާ ފުލުހުންނާ ޙަވާލާދީ އެޤައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އޭނާގެ ހަށިގަނޑުގައި ވަޅިން ދީފައިވާ ހަމަލާތަކެއްގެ ނިޝާން ހުރިކަމަށްވެސް ލަންކާ ފުލުހުން ބުނެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެއްސަކު ލަންކާގައި މަރާލާފައިވާކަން ހާމަވުމާއި ގުޅިގެން މިހާރު އެކަން ބަލަމުންދާކަމަށެވެ. އެހެންނަމަވެސް މަރާލާފައިވަނީ ގެއްލިގެން ހޯދަމުންދާ ދިވެހި ޒުވާނާކަން މިހާތަނަށް ލަންކާގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ލަންކާގައި ދިވެއްސަކު މަރާލާފައިވާ ޚަބަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މިމައްސަލަ ބަލަމުން އަންނަކަމަށެވެ.
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މުވައްޒަފެއް ޒަހަމް ވުމުން ކްރިސްއަށް ޖޫރިމަނާގެ އަދަބެއް!
52 އަހަރަށްފަހު ސަލްމާން ގެލެކްސީ އެޕާޓްމަންޓުން ނުކުންނަނީ؟