ކޮވިޑް-19 ފަރުވާ ހޯދަމުންދަނިކޮށް 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެ ފަހުން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 283 ވަނަ ފަރާތެވެ.

އަދި މިއީ މި ބަލީގައި މިއަދު ރާއްޖެ އިން ނިޔާވި ދެވަނަ ފަރާތެވެ. މި ބަލީގައި މިއަދު ވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ވެސް ނިޔާވެފަ އެވެ. އެއީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ 17،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 52 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.