ރަތް ކުލައިގެ ލިޕްސްޓިކް ޖެއްސުމަކީ ކްލެސިކް މޭކަޕް ސްޓައިލެކެވެ. އެއީ ކޮންމެ ޒަމާނަކަށް ފެތޭ ކޮންމެ މުނާސަބަތަކާ ވެސް ގުޅުވާލެވޭނެ ވައްތަރެކެވެ. ރަތް ކުލައިގެ އެކި ޝޭޑުތައް ފެޝަން ޝޯތަކުން އާއްމުކޮށް ދައްކާލަ އެވެ. ނަމަވެސް، މިހާރަކަށް އައިސް އެންމެ ގިނައިން ފެންނަ ވައްތަރަކީ އެކި ކްލަކުލައިގެ ގަދަ ޝޭޑުތަކެވެ.

ގިނަ މޭކަޕް އާޓިސްޓުންނާއި މޭކަޕްގެ މާހިރުން ބުނާ ގޮތުގައި ގަދަ ކުލަތަކަކީ މިހާރުގެ ނިއުޓްރަލް ކުލަތަކެވެ.

ޕްލަމް އާއި ބެރީ ކުލަތައް، ބްރިކް ރަތް އަދި ކަޅު ކުލައާ ގާތްކުރާ ކުލަތަކަކީ ހަމުގެ އެކި ކުލަތަކާ ވެސް ގުޅޭ ޝޭޑުތަކެކެވެ. ގަދަ ކުލަތަކުގެ ލިޕްސްޓިކް ޓްރެންޑަށް ބައެއް މީހުން ވެމްޕަޔާ މޭކަޕް ވެސް ކިޔަ އެވެ.

މިހާރު ގިނަ މޭކަޕް ބްރޭންޑުތަކުން ވެސް ގަދަ ކުލަތަކުގެ ލިޕްސްޓިކް ނެރުމަށް އިސްކަންދެ އެވެ. ނިކްސް، މޭބަލައިން ކައިލީ އަދި ކަލާ ޕޮޕްގެ މެޓް ލިޕްސްޓިކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވި ބައެއް ބްރޭންޑުތަކެވެ.

ގަދަ ކުލައިގެ އެކި ޝޭޑުގެ ލިޕްސްޓިކްގަދަ ކުލަތައް ތުންފަތުގައި ޖެއްސުމުގެ ކުރިން ލިޕްލައިނާއެއް ތުންފަތުގެ ވަށައިގެން އަޅާލުމުން ލިޕްސްޓިކެއް ނުފޭދޭނެ އެވެ. އަދި ތުންފަތުގައި ގަދަ ކުލައެއް ޖައްސާ ނަމަ ބްލަޝް، އައިޝެޑޯ އަދި ބުމަ އާދައިގެ ގޮތަކަށް ނުވަތަ ފަނޑުކޮށް ބެހެއްޓުން ބުއްދިވެރި އެވެ. މިއީ ހަމުގެ ކުލަ އަލި ނޫން ކުދިންނަށް ވަރަށް ގުޅޭ ކުލައެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މިވައްތަރުގެ ލިޕްސްޓިކް ޝޭޑާ އެކު އިސްތަށިގަނޑު ބޭނުންގޮތަކަށް ސްޓައިލް ކޮށްލެވިދާނެ އެވެ. ވާންކޮށް ފަހަތަށް އައްސާފައި ނުވަތަ އިހުގެ ރެޓްރޯ ސްޓައިލަކަށް ވެސް ބެހެއްޓިދާނެ އެވެ.