ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރި ސާމްޕަލްގެ އަދަދު މަދުވެ، މިއަދު ޕޮޒިޓިވްވި އަދަދު 986 އަށް ދަށަށް ހިނގައްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 3،936 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 1،274 ސާޕަލް އެވެ.
މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 206 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 596 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން 109 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
މާލޭގެ ޕޮޒިޓިވްވާ ރޭޓް މިއަދު އުޅެނީ 16 ޕަސެންޓްގަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު މާލޭގެ ޕޮޒިޓިވިޓީ ރޭޓް 38 ޕަސެންޓަށް ވެސް އެރި އެވެ.
މިއަދު އަލަށް 986 މީހުން ޕޮޒިޓިވްވިއިރު، މިހާތަނަށް ޖުމްލަ 156،903 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
މިވަގުތު 16،227 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 49 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ. އަދި 140،376 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 287 މީހަކު ވަނީ ނިޔާވެފަ އެވެ.

"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
މަސައްކަތް މި ކުރަނީ ރައްޔިތުނާ ގާތުން ހިދުމަތް ކުރުމަށް: ރައީސް
ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
އަދަދުތައް ގިނަކުރަންވީމަ ގިނަ ސާމްޕަލް، މަދުކުރަންވީމަ މަދު ސާމްޕަލް ނަގައިގެން ކުޅޭ ގޭމެއް މިހާރު ކޮވިޑަކީި.