ރާއްޖެއިން އިތުރު 1،030 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1،030 މީހުންނެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 187 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 716 މީހުން ހިމެނެ އެވެ. މީގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 67 މީހުންނެވެ

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 159،061 އަރާފަ އެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ވަނީ 13 ޕަސެންޓަށް ދަށްވެފަ އެވެ.

މިވަގުތު 15،911 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، އޭގެ ތެރެއިން 31 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 142،849 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 289 މީހަކު ވަނީ ނިޔާވެފަ އެވެ.