އިތުރު 1،037 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 136 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 828 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 41 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޖުމްލަ 161،113 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

އެކްޓިވް ކޭސްގެ އަދަދު 15،782 ގައި މިހާރު ހުރިއިރު 145،029 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 29 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 289 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 11 ޕަސެންޓްގައި އެވެ. ފާއިތުވި ދިޔަ މަހުގެ ތެރޭގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ހުރީ 30 ޕަސެންޓުން މަތީގައި އެވެ.