މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންޓެލިޖެންސްގެ ވެރިޔަކަށް ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީ އައްޔަންކޮށްފި އެވެ.
މިދިޔަ އަހަރު ބްރި ބްރިގޭޑިއާ ޖެނެރަލްގެ މަޤގާމަށް ޕްރޮމޯޓް ކޮށްފައިވާ ބްރިގޭޑިއާ ޖެނެރަލް ޒުހުރީ އަށް އިންޓެލިޖެންސް ޔުނިޓް ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ކުރިން އެމްއެންޑީއެފްގެ އިންޓެލިޖެންސް ވެރިއަކަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަތީފެވެ. 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން އަބްދުއްރަހީމް ސިފައިންގެ އިންޓެލިޖެންސްގެ ހެޑްގެ މަގާމުން ބަދަލުކުރެވުނު ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެން އަލުން އޭނާ އަމަގާމަށް އައްޔަން ކުރެއްވި އެވެ.
އިންޓެލިޖެންސް ވެރިޔާ ބަދަލުކުރި ވަކި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފަ އެއްނުވެ އެވެ.
ޒުހުރީ އަކީ އެމްއެންޑީއެފްގެ ސަދާން އޭރިޔާގެ ކޮމާންޑަރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރުކަމުގެ އިތުރަށް ސިފައިންގެ ފަޔާ އެންޑް ރެކިއުގެ ކޮމާންޑަރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅުކެވެ.
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި