ދިވެހި ސަރުކާރުން ކުރާ ދަތުރުތަކަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ 13.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅައި ބަލާއިރު ފަސް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުތަކަށް ޚަރަދު ކުރީ 8.5 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން މިއަހަރު ހަރަދު ކުރުމަށް ބަޖެޓުކޮށްފައިވަނީ 203 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިދިޔަ އަހަރު ނިމުނު އިރު އެކަނިވެސް 158.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި 2020 ވަނަ އަހަރު ސަރުކާރުން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 128.6 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން ހަރަދުކުރުމަށް މިއަހަރަށް ފާސްކޮށްފައިވަނީ 36 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
ވިއްސާރައިރު "މޫޑު" ބަދަލުވަނީ ކީއްވެ؟
