ރާއްޖެއަށް އެތެރެކުރި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެއަށް ކުރިއާ ކުރި ޕާރުސަލްތަކެއް ބަލައި ފާސްކުރަން އުޅުމުގެ ތެރޭގަ އެވެ.
އެގޮތުން ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ހުރުމުން އެތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި އެ ސާވިސްއިން ވަނީ ތަހުލީލުކޮށްފަ އެވެ. އަދި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ ކަން އެ ސާވިސްއަށް ވަނީ ހާމަވެފަ އެވެ.
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.115 ކިލޯ ހުރި ކަމަށް އެ ސާވިސްއިން ބުނެ އެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ތިން މިލިއަނަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސްއިން އިތުރަށް ބުނީ، މި މައްސަލައިގައި އެ ސާވިސްއިން އަތުލައިގަނެވުނު ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދިރާގުޕޭ މެދުވެރިކޮށް މިހާރު ފިތުރު ޒަކާތް ދެއްކޭނެ
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
އުޑުމަތި ފުސްވެ، ނޭވާ ހާސްވުމުގެ މައްސަލައަށް ހައްލެއް ބޭނުން
