ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު 5 މެންބަރަކު މިއަދު ޢައްޔަންކުރައްވައިފި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ

1. އަލްއުސްތާޛު އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި2. އަލްއުސްތާޛު ޢަބްދުއްސަލާމް ހަވާ، ށ.ނަރުދޫ3. އަލްއުސްތާޛު ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ.މާމިގިލި4. އަލްފާޟިލާ ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު5. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު އެވެ.

އޭސީސީގައި މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރަން މެމްބަރުންގެ އައުލަބިއްޔަރުން ފާސްވީ، އަލްއުސްތާޛް އާދަމް ޝާމިލް އެވެ. ނައިބް ރައީސަކަށް އައްޔަން ކޮށްފައިވަނީ އަލްއުސްތާޛް އަބްދުއްސަލާމް އެވެ.