ރަޝިޔާގެ ބައެއް ފްލައިޓްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތްދިނުމަށް އެ ގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.
ރަޝިޔާގެ އޭވިއޭޝަން އޮތޯރިޓީން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ގައުމުގެ ވައިގެ އުޅަނދުތަކަށް ވައިގެ ސަރަހައްދު ބޭނުންކުރަން ބައެއް ޤައުމުތަކުން މަނާކުރަމުން އަންނަ ކަމަށެވެ.
ރަޝިޔާ ސަރުކާރުން ދެކޭ ގޮތުގައި އެ ފިޔަވަޅުތަކަކީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ގުޅޭ މުޢާހަދާއާ ޚިލާފު ފިޔަވަޅުތަކެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ރަޝިޔާއިން ބުނީ އެއީ ވައިގެ ދަތުރުފަތުރާ ގުޅޭ ގޮތުން ދޭދޭ ޤައުމުތަކާއި ޤައުމުތަކުގެ އިދާރާތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ޚިލާފު ކަމެއް ކަމަށެވެ.އެ ގައުމުން އެދިފައި ވަނީ ރާއްޖޭގެ އެއާޕޯޓުތަކުގެ މުވައްޒަފުން އެ ގައުމުގެ އެއާފްލޮޓް އެއާލައިނަށް ރަޖިސްޓަރީކޮށްފައިވާ އަށް އުޅަނދަކަށް ޚިދުމަތްދޭނެ ކަމުގެ ޔަޤީންކަން ރާއްޖޭގެ އޭވިއޭޝަން އޮތޯރިޓީން ދިނުމަށެވެ.
ރަޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވަނީ އެ މަތިންދާބޯޓުތަކުގައި ސަލާމަތީ ކަންކަން އެންމެ މަތީ ފެންވަރަށް ހުންނާނެކަމުގެ ޔަގީންކަން ދީފައެވެ.
މީގެއިތުރުން މުސްތަޤުބަލުގައިވެސް އެކީގައި މަސައްކަތްކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ސިޓީގައިވެ އެވެ.
ދިވެހިރާޖެ އަކީ މިނިވަން ގައުމެއްގެ. ވަކިބަޔަކު ހިތް ރުއްސުމަށް މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. ރަޝިޔާއިން އެދިފައިވާ އެދުމަކީ ދިވެހިރާޖެއައް މުސްތަގުބަލްގައި ގިނަގުނަ ފައިދާ ކުރާނެ ކަމެއްކަން ޔަގީން. އަދި މީގެ އިތުރުން މިސަރަހައްދުގެ ބޮޑެތި ބާރުތަކާއި އެއްގޮތަށް ކުދި ގައުމުތަކުގެ ވިސްނުން ވެސް ހުރީ އެއް އަމާޒަކަށް ކަން ޔަގީން ވެގެން ދާނެއެވެ. ރަޝިޔާއީ ދިވެހިރާޖެއައް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. ރަޝިޔާ ގެ ފްލައިޓްތަކަށް އެހީތެރިވެދޭ ޖެހޭ!!!؟!.
ރާއްޖެއިން އެބަ ޖެހޭ ރަޝިޔާއަށް އެއްބާރުލުން ދޭން