އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ނެރުއްވި ގަރާރު އެއީ ނެރެވޭނެ ގަރާރެއް ނޫން ކަމަށާއި އެ ގަރާރު ބާތިލް ކުރުމަށް ކޯޓަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހު ނެރުއްވި ގަރާރަކީ އެގޮތަށް ނެރުއްވޭނެ ގަރާރެއް ނޫން ކަމަށާއި އެ ގަރާރު ބާތިލްކުރަން ކޯޓަށް ދިއުމުގެ މަސައްކަތް ކުރުމަށް މިހާރު ގާނޫނީ ޓީމަށް އަންގާފައިވާ ކަމަށެވެ.
ބެނާތައް ނެގީ ގާނޫނާ ހިލާފަށްކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ފުލުހުން މިއަދު އަމަލުކޮށްފައިވަނީ ގެނައި ކޯޓު އަމުރާ ވެސް ހިލާފަށް ކަމަށެވެ. އެގޮތުން އަމުރުގައި އޮތީ ބަލައި ފާސްކުރުން ކަމަށާއި ބެނާތައް ނެގުމުގެ ވާހަކަ އޭގައި ނެތް ކަމަށް ވިދާޅުވި އެވެ.އަދުރޭ ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި އަމަންއަމާކަން ނަގާލަމުން އަންނަނީ އިދިކޮޅުން ނޫން ކަމަށާއި އެކަން ކުރަމުން އަންނަނީ އިންޑިއާ އިން ކަމަށެވެ. ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތީ އިންޑިއާގެ ފުށުން ކަމުގައިވެސް ވިދާޅުވި އެވެ.
"އެ ބެނާތައް ނެގުމަކުން، ރައީސް ގަރާރެއް ނެރުމަކުން އިންޑިއާ އައުޓް ހަރަކާތެއް ނުހުއްޓޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތްގޮތަށް ބެނާތައް އަދިވެސް ދަމާނަން،" އަދުރޭ ވިދާޅުވި އެވެ. އަދި ބާރުގެ ބޭނުންކޮށްގެން މި ހަރަކާތް ނުހުއްޓުވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު ކަމަށް އިދިކޮޅުކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ނެރުއްވި ގަރާރުގައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއް ކަމަށެވެ.
ބަޔަކު ދަށުވިޔަސް މިވަރުބޮޑު