ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިއަދު ގާނާ އަތުން 1-0 އިން މޮޅުވެ، ކޮލަމްބިއާ މުބާރާތުގެ ގަދަ 32ގެ ޖާގައެއް ހޯދައިފި އެވެ.
އެމެރިކާގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު 14 ވަނަ މިނިޓުގައި ކޮލަމްބިއާއާށް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ޖޯން އަރިއަސް އެވެ. އަރިއަސް ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލުއިސް ސުއަރޭޒް ނަގައިދިން ހުރަހަކުންނެވެ.
ގިނަ އަދެއްގެ ކޮލަމްބިއާގެ ސަޕޯޓަރުންގެ ތަރުހިބާއާއެކު، މުޅިމުޅި މެޗުގައި ގާނާއަށްވުރެ ރަނގަޅު ކުޅުމެއް ކޮލަމްބިއާއިން ދެއްކި އެވެ. ކޮލަމްބިއާގެ ތަރި ލުއިޒް ޑިއާޒަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.
ކޮލަމްބިއާއަކީ ގަދަ 16ގެ ޖާގަ ހޯދި ދެކުނު އެމެރިކާގެ ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން ބްރެޒިލް، އާޖެންޓީނާ އަދި ޕެރަގުއޭ ވަނީ ގަދަ 16ގެ ޖާގަ ހޯދައިފަ އެވެ.
ގަދަ 16ގެ ބުރުގައި ކޮލަމްބިއާއާ ދެކޮޅަށް ނުކުންނާނީ ސްވިޓްޒަލޭންޑެވެ.
އީރާނުގެ މަންދޫބުން މަރާލުމަށް އިޒްރޭލުން މަސައްކަތްކުރި: ރިޕޯޓް
ބެންފް ނެޝަނަލް ޕާކް: ކެނެޑާގައިވާ ފުރިހަމަ މަންޒިލެއް!
މުވައްޒަފެއް ޒަހަމް ވުމުން ކްރިސްއަށް ޖޫރިމަނާގެ އަދަބެއް!