ގއ. ވިލިނގިލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވީ ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ. އެ ލޯންޗު ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ލޯންޗުގައި ތިބި ދެ މީހަކު ކަނޑަށް ވެއްޓުނީއެވެ.
އެ ދެ މީހުން ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު އެ ދެ މީހުން ވެސް ތިބީ މަރުވެފައިކަން ގއ. އަތޮޅު ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

ރޯދަ މަލާފަތް: އިހު ދިވެހިންގެ ސާގު ކަނދި ރޯދަ ސުފުރާތަކަށް!
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
