ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1،538 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 44 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު 37 ކޭސް ފެނިފައި ވަނީ މާލޭ ސަރަހައްދުން ކަމަށެވެ. އަނެއް ހަތް ކޭސް ފެނުނީ އަތޮޅު ތެރެއިންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 12،933 އެވެ. އޭގެތެރެއިން 11،749 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލިން ރަނގަޅުނުވެ ތިބީ 1131 މީހުންނެވެ. ކޮވިޑްގައި 46 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 93 އެވެ.

އަތޮޅުތަކުން 15 ރަށެއްގައި 15 މީހަކަށް މި ބަލިޖެހިފައިވެ އެވެ. މީގެއިތުރުން 30 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 155 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.