ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1،499 ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްވީ 17 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި އެކަކުގެ އިތުރުން އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވި މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،011 އަށް އަރާފަ އެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 11،939 އެވެ.

މި ބައްޔަށް މިހާތަނަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1،019 އެވެ. އޭގެތެރެއިން 95 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ އެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 46 މީހުން ވަނީ މަރުވެފަ އެވެ.