ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މޮސްޓާ މިފަދައިން ވިދާޅުވެފައިވާ ވަނީ، އާ ދައުރަކަށް މަޖިލިސް ހުޅުވޭއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާކަމުގެ ވާހަކަތަކެއް ދެކެވެން ފަށާފައިވަނިކޮށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މެމްބަރުން އެދެމުން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޮލުގައި ހިލޭ އަންހެނަކާއި އެކު ޒިނޭ ކުރިކަމުގެ ތުހުމަތު އެމަނިކުފާނު އެޅުވުމުންނެވެ.

މިކަމާ، ގުޅިގެން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ދެން އެންމެ ރަނގަޅީ ގާސިމް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވާއިރު، ގާސިމް މި ވަގުތު ދަނީ މާމިގިލި ދާއިރާގެ މެމްބަރު ކަމުގެ މަގާމު ފުރުއްވަމުންނެވެ. ހަމަ އެހެންމެ ގާސިމް ވަނީ މީގެ ކުރިން މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.