އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ނޫސްވެރިޔާ އަލީ ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައި އެކަން ތިން ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަންގަން ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ނަސީރުގެ ބަންދުގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފައިވާކަން ކޯޓުން ފާހަގަކޮށްފައިވެ އެވެ. އަދި އެ މުއްދަތަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ، އެ މައްސަލައިގައި ދައުވާކުރުމަށް ނުވަތަ އެކަމުގައި ނިންމި ގޮތެއް ޝަރީއަތަށް ހުށަހެޅުމަށް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ނޫސްވެރިޔާ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވީ، މިދިޔަ ޖޫން މަހުގަ އެވެ.

އޭގެ އިތުރުންވެސް ސަރުކާރުގައި ޒިންމާދާރު މަގާމުތައް ފުރުއްވަމުންދާ ބައެއް ބޭފުޅުންގެ ވީޑިއޯ ތައް ވެސް ސޯޝަ ލްމީޑިއާގައި އާންމުވެފައިވެ އެވެ.

އެގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ، ބަންގްލަދޭޝަގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރި ނަމަކަށް ކިޔާ ޒުވާނަކާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުންހިންގި މަންޒަރު ފެންނަ ވީޑިއޯތަކަށެވެ.