އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާންބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ މިކަމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން، ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތުދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ދޫނިދޫގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.