މައްސަލަ ހައްލުކޮށް ހިޔާ ޓަވަރުތަކަށް ކަރަންޓު ދޭފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުނީ ހުޅުމާލެ ދެވަނަ ފިޔަވައްސަ ކަރަންޓް ދޭ އަޅާފައިވާ ކަރަންޓް ކޭބަލެއް ބުރި ވެގެން ކަމަށެވެ.
ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުމާ ގުޅިގެން އެސަރަހައްދަށް ވަގުތީ ގޮތުން ކަރަންޓްދިނުމަށް އެހެން ކޭބަލެއް މެދުވެރިކޮށް މިހާރު ހިޔާ ޓަވަރުތަކަށް ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހިޔާ ޓަވަރު ފަހެއްގައި ދިރިއުޅޭ މީހަކު ބުނީ ކަރަންޓުގެ އިތުރުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނު ކަމަށެވެ. ނަމަވެސް މިހާރު ފެން ލިބެން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.
ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގެ ތެރޭގައި ތިބި ތިން މީހަކަށް ނުނިކުމެވިގެން ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.