ރާއްޖޭގެ ގައުމީ ޓީމުތަގެ ކުޅުންތެރިން، އެއްއަހަރު ނުވާ ދަރިއަކު ހުންނަ ނަމަ ބެލެނިވެރިއަކާއެކު އެ ކުއްޖެއް ގޮވައިގެން މުބާރާތްތަަކަށާއި، ޓްރެއިނިން ދަތުރުތަކަށް ދެވޭގޮތް ސަރުކާރުން ހަމަޖައްސައިފި އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިހެއުމަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިން ކުޅުން ހުއްޓާލަަން ދެން ވިސްނަން ނުޖެހޭނެކަމަށެވެ.
އެގޮތުން އިއްޔެ ރާއްޖޭގެ އަންހެން ގައުމީ ޓީމު ސައުދީއަށް ޓްރެއިނިން ކޭމްޕަށް ފުރާފައިވަނީ އެއް އަހަރުނުވާ ހަތަރު ކުދިންނާއި އެކުގައި ކަން މަހުލޫފް ފާހަގަކުރެއްވި އެވެ.މީގެ ކުރިން އެފަދަ މުބާރާތްތަކަށާއި ޓްރެއިނިން ދަތުރުތަކުގައި ބައިވެރިވެވެނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެކަންޏެވެ.
ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު އިއްޔެ ސައުދީއަށް ފުރީ އަންނަ މަހު 18 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ބީއެމްއެލް އާއި މާސްޓަ ކާޑު ގުޅިގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
"ހުޅުމާލޭ ގޯތިތަކުގައި ވިޔަފާރިކުރެވޭނެ މަގުފަހިކުރަންޖެހޭ"
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން
