ކ. ގުޅީފަަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މުވައްޒަފު މީހާ އަދިވެސް ނުފެންނަކަމަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގަމުންދާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗާގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު މަދުކަން އެނގި އެކަން ރިޕޯޓު ކުރުމުން ވެސް އެކަމާ ކުންފުނީގެ މެނޭޖުމަންޓުން އަޅާނުލުމުން ކުންފުނީގެ މުވައްޒަފުން ވަނީ އިއްޔެ ގުޅީފަޅުގައި މުޒާހަރާކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެ އެވެ.

ގުޅީފަޅުގެ އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިދިޔަ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެ ހާދިސާގައި 76 މީހަކަށް އަނިޔާވެފައިވާއިރު، އޭގެރެތެއިން 13 މީހަކަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗްގަ އެވެ. އަދި 63 މީހަކަށް ފަރުވާދިނިީ ޓްރީޓޮޕްގަ އެވެ. އަނިޔާވި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސްވި އެވެ. ހާދިސާ ހިނގިއިރު، އަލިފާންރޯވި އިމާރާތުގައި 500 އެއްހާ މުވައްޒަފުން ދިޔައީ ދިރިއުޅެމުންނެވެ.

މި ހާދިސާގައި ރޯވިތަން ބެލި ނަމަވެސް މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ވެސް ފެނިފައި ނުވާކަމަށް އެންއެމްޑީއެފުން ބުނެފައިވެ އެވެ.