ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ރަޝީދް ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި އެވެ.

ދާދި ދެންމެގެ ވަގުތެއްގައި ފުލުހުން ވަނީ އެ ވޭން މަގުމަތިން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކޮށްގަ އެވެ.

ފުލުހުން އެ ވޭން ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ނަގާ މަންޒަރު ފެންނަ ވީޑިއޯ މިހާރު ދަނީ ސޯޝަލްމީޑިއާގައި އާންމުވަމުންނެވެ. އެ ވީޑިއޯގައި ހަ ވަރަކަށް ބަނގުރާ ފުޅި ފެންނައިރު، އެއީ ވޮޑްކާ ފުޅިތަކެއް ކަމަށް ބެލެވެ އެވެ.

އެ ފުޅިތަކާއި އެކު މި ވޭން ދަތުރުކުރަނިކޮށް ހުއްޓުވާފައިވަނީ ހުޅުމާލެއިން ކަމަށް މަންޒަރު ދުށް މީހުން މައުލޫމާތުދީފައިވެ އެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ފަހަކަށް އައިސް ބަނގުރާއާއި ބަނގުއާވި މާލޭ ސަރަހައްދުގައި ގެންގުޅޭ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.