އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޝަންގެ ވަޒީފާއަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް 203 މުވައްޒަފުން ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ހޯދަމުން އަންނަ ކަމަށް އިލެކްޝަންސްއިން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް ހޯދަނީ:
- ސުޕަވައިޒަރުން
- އޮފިޝަލުން
- ކޯޑިނޭޓަރުން
- ރާއްޖޭގެ ރަށްތަކަށް ފޮނުވާނެ މީހުން
- ލޯކަލް ކޯޑިނޭޓަރުން
- އެޗްއާރް މުވައްޒަފުން
- އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތުގެ މަސައްކަތްތައް ބަލަހައްޓާނެ އޮބްޒަރވަރުން
- އޮބްޒަރވަރުންގެ މަސައްކަތްތައް ބަލަހައްޓާނެ މުވައްޒަފުން
- އެހެނިހެން ކަންކަމުގައި ޝާމިލްވެ އުޅޭނެ މީހުން
މި ވަޒީފާތަަކަށް މީހުން ނަގާނީ ރިޔާސީ އިންތިހާބުގެ ނިޔަލަށެވެ. ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް މަހު މުސާރައެއެއްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 4،465ރ އެވެ. އަދި އެލެވަންސްގެ ގޮތުގައި ކޮންމެ މަހަކު 1،500ރ. ދިނުމަށްށް ނިންމާފައިވެ އެވެ. އޭގެ އިތުރުން އެ ކޮމިޝަންގެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 155ރ. ދިނުމަށް ހަމަޖައްސާފައިވެ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، އަންނަ އޭޕްރިލް 30 ވާ އާދީއްތަ ދުވަހުގެ 3:00 އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެ ކޮމިޝަނުން ބުނީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައި ކަމަށެވެ.