ދިވެހިރާއްޖޭގައި އިސްލާހަށް މަސައްކަތް ކުރިއިރު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ އެކިކަހަލަ އަނިޔާތައް ލިބުނު ނަމަވެސް އެއްވެސް މީހަކާ ހަސަދަވެރިކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ކޮންގްރެެސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކުރީ ސަރުކާރުން އެކި ސަބަބުތަކާ ހެދި ސިޔާސީ ލީޑަރުން ޖަލަށްލި ކަމަށެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި އުޅޭއިރު މިކަހަލަ އެތައް ކަމަކާ ކުރިމަތި ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސިޔާސީ މަސްރަހުގައި އިސްލާހަށް މަސައްކަތް ކުރި އިރު އެމަނިކުފާނަށް ވެސް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށާ އެއްވެސް މީހަކާ ރުޅިވެރި ކަމެއް ނެތް ކަމަށާއި ހިތް "ހަލާސް" ކަމަށް ގާސިމް ވިދާޅުވި އެވެ.
"ސިޔާސީ މަސްރަހުގައި އުޅޭއިރު ދިމާވާނެ ކަންކަމާ، އެހެން ނަމަވެސް އަޅުގަނޑު ނުދުވާނަށް އެކަން ކަން ހިތުގަލައިގެން ހަސަދަ ލައިގެނެއް އަޅުގަނޑު ހިތަކު އެއްވެސް ބޭފުޅަކަށް ހަސަދައެއް ނެތް އަޅުގަނޑުގެ ހިތްހަމަ ހަލާސް،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކުރީ އިސްލާހަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު އިސްލާހަށް މަސައްކަތް ފެއްޓެވީ ރައީސް ނަޝީދާއެކު ކަމަށެވެ. ރައީސް ނަޝީދާއެކު އިސްލާހަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއާއެކު ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާއިރު ޖަޒުބާތުތައް ހުންނާނެ ކަމަށާއި ރައީސް ނަޝީދާއެކު އިސްލާހަށް ވަރަށް ގިނަ މަސައްކަތްތައް މި ގައުމުގައި ކުރި ދެ މީހުން ކަމަށެވެ.
ރައީސް ނަޝީދާއި އެމަނިކުފާނަކީ ދިވެހި ގައުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް އޭރު ކުރެއްވި ދެ ބޭފުޅުން ކަމަށާ ވަރަށް ބޮޑެތި ވޭންތަކެއް ދެ ބޭފުޅުން ވެސް އޭރު ތަހައްމަލް ކުރަން ޖެހުނު ކަމަށް ގާސިމް ވިދޅާުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ހޮސްޕިޓަލުގައި އޮންނަވަނިކޮށް، ޣައިރު ހާޒިރުގައި ހުކުމްކުރި ކަމަށެވެ. އަދި ބޭސްފަރުވާ އަށް ސިންގަޕޫރަށާއި ޖަރުމަނަށް ދާން ޖެހުނު ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭރު އެމަނިކުފާނު އަތުގައި އެއްވެސް ލިޔެކިޔުމެއް އަދި ޕާސްޕޯޓެއް ވެސް ނެތް ކަމަށް އޭރު "އަޅުގަނޑަކީ ނޯ ކަންޓްރީ މޭން" އެއް ކަމަށެވެ.
އެހެން ނަމަވެސް ސިންގަޕޫރަށާއި ޖަރުމަނަށް ދަތުރުކުރުމަށް ރައީސް ނަޝީދުގެ ފަރާތުން ވަރަށް ބޮޑު އެހީ ތެރިކަމެއް ލިބުނު ކަމަށް ގާސިމް ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ސިޔާސީ މަސައްކަތަކީ މުދަލާއި ފައިސާ އެއްކޮށް ޖަމާކުރުން އެކަން ވަރަށް ރަގަޅަށް ކުރެވޭ ނުންތޯ ؟ ދެންކޮން ހަސަދައެއްތޯ އޮންނަންވީ ! ދައުލަތުގެ މާލިއްޔަތު ޖީބަށްލާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް !