ކުރީގެ ޓީވީ ޕްރެޒެންޓަރު އިސްމާއީލް އާޒިމް ގެއްލިގެން ހޯދަން ފުލުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އެނނގިފައިވާ ގޮތުގައި އެންމެފަހުން އާއިލާއަށް އޭނާގެ ހަބަރެއް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

މީގެ ދެ ދުވަސް ކުރިން އިންސްޓަގްރަމްގައި އޭނާގެ އެކައުންޓުން ޕޯސްޓެއް ކޮށްފައިވެ އެވެ. ނަމަވެސް އޭނަގެ ފޯނު ނިއްވާލާފައި އޮތުމުން ގުޅޭގޮތެއް ނުވެ އެވެ.

ޕީއެސްއެމް އާއި ރާއްޖެ ޓީވީގައި މަސައްކަތް ކުރި އާޒިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު އެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނިގޮތުގައި އެންމެ ގިނައިން ގެއްލިގެން ރިޕޯޓްކުރަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.