ވިލިމާލެ އިން ގެއްލިގެން ހޯދި މ. އާޒާދީގުލްޝަން، އާތިފާ އަބްދުﷲ އަމިއްލައަށް ގެއަށް ގޮސްފި އެވެ.

ފުލުހުންގެ ބުނީ އުމުރުން 53 އަހަރުގެ އާތިފާ ގެއްލިފައިވާކަން ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 10:25 ގައި ކަމަށެވެ.

އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ. ގެއަށް އައުމުގެ ކުރިން އެންމެ ފަހުން އާތިފާ ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ރޭ 10:45 އެހައިކަންހާއިރުއެވެ.

ފާއިތުވި ދެ ދުވަހު އާތިފާ އުޅުނީ ކޮންތާކު ކަމެއް އަދި ނޭނގެ އެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުން ފަހަކަށް އައިސް އިތުރުވެއެވެ. އޭގެތެރެއިން ގިނަ މައްސަލަތަކަކީ އާއިލާއަށް ފިލައިގެން އުޅުމުގެ ސަބަބުން ގެއްލިގެން ހޯދާ މީހުންނެވެ.