ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނައަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މާލޭގަ އެވެ. އެ އޮޕަރޭޝަނުގައި ތިން ގެއެއް ބަލާ ފާސްކޮށްފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި ނުވަ ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ ހަ ދިވެހި ފިރިހެނުންނާއި ބިދޭސީއެކެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
ފްލައިޓްތައް ކެންސަލްވެ، ގިނަ ފަސިންޖަރުންނަށް ރާއްޖެ ނާދެވިފައި
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
