ގެއްލިގެން ހޯދަން އިއުލާން ކުރި އައްޑޫ ސިޓީ ހިތަދޫ އަންހެން މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ އައްޑޫ ސިޓީ ހިތަދޫ / ކަދުރުމާގެ އާއިޝަތު ވިސާމާ 39، އެވެ.

އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވާތީ އޭނާ ހޯދުމުގެ ‏މަސައްކަތް ފުލުހުން ކުރަމުންދާ ކަން ހާމަކުރީ މިއަދެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.

ވިސާމާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ނޮވެމްބަރު 16 ވަނަ ދުވަހު ވިސާމާ މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ ވިސާމާ ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނީ މާލެ އިންނެވެ. ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

މިދިޔަ ދުވަސްތަކުގައި އޭނާ އުޅުނު ތަނަކާއި އާއިލާ އަަށް ހަބަރެއް ނުވި ސަބަބެއް އެނގިފައެއް ނުވެ އެވެ.