މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެމްޑީއެފް) އިން, މޭޖާ ޖެނެރަލް ރޭންކުގައި ތިއްބެވި ދެ ބޭފުޅަކު ރިޓަޔާ ކުރައްވައިފި އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރިޓަޔާ ކުރައްވާފައިވަނީ މޭޖާ ޖެނެރަލް ހާމިދު ޝަފީގު އަދި މެޖޭ ޖެނެރަލް ވައިސް ވަހީދު ކަމަށެވެ.

މިދެ ބޭފުޅުންނަށް ވެސް މޭޖާ ޖެނަރަލްގެ މަގާމަށް ރޭންކު މަތިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.

ހާމިދު ޝަފީގަކީ 33 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރިޓަޔާ ކުރެއްވިއިރު ހާމިދު ޝަފީގު ހުންނެވީ އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ.

ވައިސް ވަހީދަކީ އެމްއެންޑީއެފްގައި 34 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ވައިސް ވަހީދު ރިޓަޔާ ކުރެއްވި އިރު، އޭނާއަކީ މެރިން ކޯގެ ކޮމަޑާންޓެވެ.

މޭޖާ ޖެނެރަލް ރޭންކަކީ ސިފައިންގޭގެ ރޭންކުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މަތީ ރޭންކެވެ.