ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ވަކިވަކިން ވޯޓަށް އެހުމުގެ ބަދަލުގައި އެއްކޮށް ވޯޓަށް އެހުމަށެވެ.

އެގޮތަށް ހުށަހެޅުއްވީ މި ސަރުކާރާ އެކުގައި މަސައްކަތް ކުރަމުން އަންނަ ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ފާސްވީ ފަސް މެމްބަރުންގެ ވޯޓުންނެވެ.

ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުން- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން

- މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު

- މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު

- އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން

- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

- މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު

- މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް

- މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު

- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް

- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް

- މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު

- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ

- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު

- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ

- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް

- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް

- މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް

- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)

- މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު

ކޮމިޓީން ވަޒީރުންނަށް ރުހުން ދޭން ފާސް ކުރި ނަމަވެސް މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ބާރު މަޖިލިހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވަ އެވެ. މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައި ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލިހުގެ ގަވައިދުގެ ދަށުން ހުށަހަޅައިފި ނަމަ، އެ ޖަލްސާ ބާއްވަވާނެ ކަމަށެވެ.