މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑެވެ. އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އެ ހަށިގަނޑު ފެނިފައި ވަނީ ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިންނެވެ. ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 9:00 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކަނޑުމަތިން އެމީހާގެ ހަށިގަނޑު ފެނުނު އިރު، އެއްވެސް މީހަކު ގެއްލިގެން ހޯދަން ރިސޯޓަކުން އިއުލާންކޮށްފައެއް ނުވެ އެވެ.
މުޖުތަބާ ފިޔަވާ ހުރިހާ ދަރިކަލުން ހާމަނާއީގެ ޖަނާޒާގައި
2 އަހަރަށްފަހު ބިޔޯންސޭގެ ލަވައެއް ރިލީޒް ކޮށްފި
އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 5 ހުވަފެނެއް!
