ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފި އެވެ.
ރައީސް ނަޝީދު ކައިވެނި ބައްލަވައިގަތީ ކުރީގެ ދީނީ އިލްމުވެރިޔެއް ކަމަށްވާ ޝައިޚު އިބްރާހިމް ރުޝްދީއަށް ކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ ކިޔާ ބޭފުޅަކާ އެވެ.
މ. ކެލާގޭ އާއިލާއަށް ނިސްބަތްވާ ޔުމްނާ އާއި ނަޝީދުގެ ކައިވެނި ހަފްލާ އޮތީ އަވަށްޓެރި ސްރީލަންކާގައި ކަމަށް އެނގިފައިވެ އެވެ.
ރައީސް ނަޝީދު އެންމެ ފުރަތަމަ ކައިވެނި ކުރެއްވި ލައިލާ އަލީއަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެކަމަކު ރައީސް ނަޝީދާއި ލައިލާގެ ކައިވެނި މީގެ ދެތިން އަހަރު ކުރިން ވަނީ ރޫޅިފަ އެވެ. ލައިލާ މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.
އުފާވެރި ދިރިއުޅުމަކަށް އަމިއްލައަށް ދަސްކުރަން ޖެހޭ ހުނަރުތަކެއް
ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާއަށް
ސަރަހައްދީ އެންމެ ބޮޑު ކުނީގެ ނިޒާމު ތިލަފުށީގައި އަޅަނީ