ފުވައްމުލަކުގައި މޫދަށް އެރިއުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 7:30 އެހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވީ ފުނާޑު އަވަށުގެ އުމުރުން 23 އަހަރުގެ ނަޒީލް އިބްރާހިމް އެވެ.
ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ބުނީ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
ހޯރަފުއްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
އަންހެން ތަރިންނަށް ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ: ކްރިތީ