ކުރީގެ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފްލެޓް ލިސްޓް، ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިންނާ ހިއްސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.
ކޮމިޓީ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އާ ފްލެޓު ލިސްޓް ހަވާލުކުރަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.
އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މައްސަލާގައި މާދަމާ ބާއްވާ ބައްދަލުވުމަށް ކުރީގެ ފްލެޓް ކޮމިޓީގައި ތިބި އިސްވެރިން ޖަވާބުދާރީވުމަށް ވަޑައިގަންނަވާއިރު، އެ ބޭފުޅުންނަށް އޭސީސީ އިން އެކުލަވާލި ފްލެޓް ލިސްޓް ލިބިފައި ނެތް ކަމަށެވެ.
އެހެންވެ، އެ ލިސްޓް އެ ބޭފުޅުންނަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީން އެކުލަވާލި ފްލެޓް ލިސްޓާ އެކު، އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ މި މައްސަލައަކީ އަދި ތަހުގީގުކޮށް ނުނިމޭ މައްސަލައަކަށް ވާތީ، މި ލިސްޓުގެ ސިއްރު ހިފަހައްޓައިދިނުމަށް އެދިފަ އެވެ.
ކުރީގެ ފްލެޓު ކޮމިޓީ އަށް ލިސްޓް ދޭން ފާސްވީ ކޮމިޓީގެ އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އޮލިމްޕިކްސްގައި އެއް ޓީމެއް، ވޯލްޑް ކަޕްގައި 4 ޓީމު!
ބީއެމްއެލް އާއި މާސްޓަ ކާޑު ގުޅިގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
އެމެރިކާއަށް ބެލްޖިއަމް ކައިރިން މޮޅެއް ނުވެވުނު