ޔަހޫދީ ޒަޔަނިސްޓް ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ ކޯޓުން މިއަދު ކުރި ހުކުމަށް އެ ދައުލަތުން ބޯލަނބަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް ވިދާޅުވީ ޔަހޫދީ ދައުލަތުން ރަފަހްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ކުރި ހުކުމަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި ރަފަހް ބޯޑަރު ހުޅުވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭން ޖޭހެނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭން ގަބޫލުކުރަނީ ފަލަސްތީނަކީ މިނިވަން މުސަތަގިއްލު ގައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ފުރިހަމަ ގޮތުގައި ހަމަޖެހުން ގާއިމުވެގެންދާނީ 1967 ގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގާއިމުވެގެން ކަމަށެވެ.

އިޒްރޭލްގެ ސިޔާސީ ބޭފުޅުންގެ މައްޗަށް ނެރުނު މި އަމުރަކީ، އެމެރިކާގެ ގާތް އެކުވެރި ގައުމެއްގެ އިސް ލީޑަރަކަށް އައިސީސީން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. މި އަމުރު ނެރުނުއިރު ނަތަންޔާހޫގެ އިތުރުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މައްޗަށް ވެސް ޔޫކްރެއިންއާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވެ އެވެ.

އައިސީސީގެ ޖަޖުންގެ ޕެނަލަކުން މިހާރު ބަލާނީ އިމްރާން ހައްޔަރުކުރުމުގެ އަމުރަށް ހުށަހެޅި މައްސަލަ އެވެ.

ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި "ނައްތާލުމަށް މަގުފަހިކުރުމާއި، ހަނގުރާމައިގެ އުސޫލެއްގެ ގޮތުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، ހަމަނުޖެހުންތަކުގައި ތިބި އާންމުންނަށް ގަސްދުގައި އަމާޒުކުރުން" ހިމެނެ އެވެ.