ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ފޯރިގަދަ ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އެ ޖަލްސާ އޮންނާނީ ޕާޓީގެ އާ އޮފީހުގައި ކަމަށެވެ.
ޕީއެންއެފްއަކީ ޕީޕީއެމް، ޕީއެންސީން އެމަނިކުފާނާ މެދު އަމަލުކުރި އިހާނެތި ގޮތްތަކުގެ ސަބަބުން އުފެއްދި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސްއެޅި އެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުންގެ ހިތްވަރުން ޕާޓީ އުފެއްދުމުގެ ޖަލްސާ މަގުމަތީގައި ކާމިޔާބުކަމާއެކު ވަނީ ބާއްވާފަ އެވެ.
ޕީއެންއެފްގެ ރައީސަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.
2 އަހަރަށްފަހު ބިޔޯންސޭގެ ލަވައެއް ރިލީޒް ކޮށްފި
ރަސްގެފާނު ކަނޑު ފެއްތުމަށްހަފު ޖަހައިގަތް ވެރިކަން
ދިރާގުޕޭއިން ބިލް ދައްކައިގެން ބާލީއަށް ދިއުމުގެ ފުރުސަތު
