މިހާރު ނަގަމުންދާ ބައެއް ޓެކްސްތައް އަންނަ އަހަރު ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ކެބިނެޓުން ފާސްކޮށްފައިވާ ދައުލަތުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓަޖީ 2024 ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
ކެބިނެޓުން ނިންމާފައި ވަނީ މިހާރު ނަގަމުންދާ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޓެލެކޮމް ފީތަކުގެ އިތުރުން އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރަން އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށެވެ.
ކެބިނެޓުން ފާސްކޮށްފައިވާ އެ ސްޓްރެޓެޖީގައި މިއަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނެ ތާރީހުތައް ހިމަނާފައިވެ އެވެ.
2024 ގައި ތަންފީޒުކުރާ ފިޔަވަޅުތައް
- އެއާޕޯޓުގެ ހިދުމަތްތަކުން ނަގަމުންދާ ޓެކުހާއި ފީތައް ބޮޑުކުރުން
- އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ޑިއުޓީ މާފުކުރާ އައިޓަމްތައް ރިވިއުކުރުން
2025 ގައި ތަންފީޒުކުރާ ފިޔަވަޅުތައް
- ގްރީން ޓެކްސް ރޭޓް ބޮޑުކުރުން
- ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ބޮޑުކުރުންއިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރުން
- ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބޮޑުކުރުން
- ޓޫރިޒަމް ބިމު ކުލި ބޮޑުކުރުން
- ބަނގުރަލާއި އޫރުމަހާއި ދުންފަތް ފަދަ ތަކެތިން ޓެކްސް ނެގުމުގެ ސިޔާސަތު ރިވިއުކުރުން
މީގެއިތުރުން 2026 ގައި ކާބަން ކްރެޑިޓްސް މަނިޓައިޒް ކުރުމަށާއި އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ އިންކަމް ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކްސްތައް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.
އިސްކަން ދޭންވީ ޓެކްސް ބޮޑުކުރުމުގެ އިތުރަށް ޚަރަދުތައް ކުޑަކުރަން.