ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން މާލެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު މިއަދުވެސް 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 142 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 112 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 11 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 19 މީހެކެވެ.

މިއަދުގެ 142 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 21،961 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،371 ގައި މިހާރު ހުރިއިރު 19،519 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މުޅި ރާއްޖެއިން ވަނީ ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.