ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކޮންމެ ހުރިހާ ބޭފުޅުން ނުކުމެ ވޯޓުލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ވީހާވެސް ގިނަބަޔަކު ނުކުމެ ވޯޓުލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވޯޓުލުމަށް ވަޑައިގަތީ ޖަމާލުއްދީން ސްކޫލަށެވެ. އެއީ އެމަނިކުފާނު ނިސްބަތްވާ ޅ.އަތޮޅުގެ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ މަރުކަޒެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން ވޯޓުލުން ވަނީ ފަށާފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމު އިލެކްޝަން ކޮމިޝަން (އީސީ)އިން ވަނީ ހަމަޖައްސަވާފަ އެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާއާއި ސްރީ ލަންކާގަ އެވެ.

މިއަދު ވޯޓުލުން ފެށި ވަގުތު އެކި ސަބަބުތަކާހެދި ތިން ރަށެއްގައި ވޯޓްލުން ލަސްވާނެކަމަށް އީސީއިން ވަނީ ބުނެފަ އެވެ. އެއީ މ.ރަތްމަންދުއާއި ވ.ތިނަދޫގައެވެ. ރަތްމަންދޫއާއި ތ.ވިލިފުށްޓެވެ. މިރަށްރަށުގެ ވޯޓުލުން ފެށޭނީ 8:30 ހާއިރުކަމަށް މައުލޫމާތު ލިބެ އެވެ.