ގެއްލިގެން ހޯދަމުން އަންނަ ހަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 ހާއިރު ޔާމީން ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން މެރިން ޕޮލިހާއި ކޯސްޓްގާޑު ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުތް ފަހުން ޔާމީންގެ ހަބަރެއް ނުވެގެން ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ގަވައިދާ ހިލާފަށް ރުއްގަސް ކެންޑުމުން 550،000 ގެ ޖޫރިމަނާއެއް
"ދުރަންދަރް 2"ގައި އިންޑިއާގެ އަސްކަރީ ސިއްރުތަކެއް؟
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި
