ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ރޭ ފަތިހު ބީއެމްއެލްގެ ފައިސާތަކެއް ފޭރިގަތް މީހުން ލޯންޗުގައި ދިޔައީ ކ. ހުރަ އަށް ކަން އެނގިއްޖެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ މީހުން ފުރައިގެންދިޔަ ލޯންޗު ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ހަތަރު މީހުން ހައްޔަރުކުރީ ހުރާއިންނެވެ. ފޭރުނު މީހުން ލޯންޗުގައި ދިޔައީ ހުރާ އަށެވެ.
އެ މީހުންނާ ގުޅުން ހުރި ގެއެއް ކޯޓު އަމުރެއްގެ ދަށުން ފާސްކުރުމުގެ މަސައްކަތް ވެސް ފުލުހުން މިރޭ އަންނަނީ ކުރަމުންނެވެ.
ހައްޔަރުކުރި ދެ މީހުންނަކީ ކ. ގުރައިދުއަށް ނިސްބަތްވާ ދެ މީހުންނެވެ.
އެ މީހުން ދަތުރުކުރި 12 މީހުންގެ ޖާގައިގެ ލޯންޗު އެ ރަށަށް ދިޔައީ މިއަދު ހެނދުނު 8:45 ހާއިރު އެވެ.
ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދައްކައި ލައްކައަކަށްވުރެ ގިނަ ޑޮލަރު ހުރި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ ވޯކްވޭ އިންނެވެ.
އެ ފައިސާތައް އެއާޕޯޓަށް ގެންދިޔުމުގައި ފުލުހުންގެ އެހީތެރިކަން ހޯދާފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނދަރު ފުންކުރަން ކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރާތީ ފާޑުކިޔަނީ
ފައިސާތައް ފޭރުނު މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު
ފޭރިގަތް ޑޮލަރުތައް ފެނުނުކަމާ މެދު ސުވާލު އުފެދިއްޖެ
