ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
މި މައްސަލައިގައި ކޯޓަށް ދިއުމަށް ނިންމިކަން އިއުލާނުކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ އެވެ. އަދި މިހާރު ޕާޓީގެ ގާނޫނީ ޓީމުން އެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޝުޖާއު މަގާމުން ވަކިވެފައިވާ ކަމަށް އެލްޖީއޭއިން ނިންމީ، ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުރެ އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. ނަމަވެސް، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތުމުގެ ސަބަބުން އެ ޕާޓީ އުވައިލިކަން އޭޕްރިލް 11، 2026 ގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.
އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ޝުޖާއު ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ އޭނާގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކްއެއް ނުފެނުނު!
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
