ބްރިޖާ ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:48 އެހާކަންހާއިރު ހުޅުމާލެއިން މާލެއަށް ދާ ހައިވޭގައި ދަތުރުކުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާގެ ބޯ ފަޅައިގެން ގޮސް އެތައް އަނިޔާއެއް ވެފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހިޔާ ރޯދީގައި އަލިފާން ރޯކޮށްލި މީހާ ފިލައިފި
ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތެއް ނެތް
އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި
