މާލޭގެ ގެއެއްގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ހަ ވަނަ ފަންގިފިލާ އިން އެގޭގެ ވައިގޮޅިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 6:29 ހާއިރު ލިބިފައިވާ ކަމަށެވެ.
ސިޑިގޮޅިން ވެއްޓުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރޮޓަން 47، ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޓްރަމްޕް ސްޕެއިނަށް ދިން އިންޒާރުގެ މައްސަލަ އީޔޫ އިން ބަލަނީ
ކައުންސިލްތައް ބަދުނާމު ކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން
އީރާނުގެ ފޮނުވާ މިސައިލްތައް މިހާރު މަދުވެއްޖެ: އެމެރިކާ
